އެތުލެޓިކްސްގެ ރައީސް މުސްތޮފާ ފެއިލްކޮށް، އޮލިމްޕިކް ކޮމިޓީ އަށް ހޮވީ މުންތަގިމް
މިހާރު
3 ޖޫން 2025 | އަންގާރަ | 3:06
އެތުލެޓިކްސް އެސޯސިއޭޝަންގެ ރައީސް މުސްތޮފާ މުހައްމަދު ފެއިލްކޮށްލުމަށް ފަހު، އެ އެސޯސިއޭޝަންގެ ޖެނެރަލް ސެކްރެޓަރީ އަހްމަދު މުންތަގިމް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) ގެ ނައިބު ރައީސްކަމަށް އިއްޔެ އިންތިހާބު ކޮށްފި އެވެ.
ދެ ނައިބު ރައީސުން އިންތިހާބު ކުރަން ޖެހޭ އޮލިމްޕިކް ކޮމިޓީގެ އެ މަގާމަށް ކުރިމަތިލެއްވީ ތިން ބޭފުޅުންނެވެ. އެއީ މުސްތޮފާ އާއި މުންތަގިމްގެ އިތުރުން ހޭންޑްބޯލް މޯލްޑިވްސް އިން ވާދަކުރެއްވި އަހްމަދު އިސްމާއީލެވެ.
މުސްތޮފާ ވާދަކުރެއްވީ އޭނާ ރިޔާސަތު ބަލަހައްޓަވަމުން އައި އެތުލެޓިކްސް އެސޯސިއޭޝަނުގެ ފަރާތުންނެވެ. އެ އެސޯސިއޭޝަންގެ ޖެނެރަލް ސެކްރެޓަރީކަމުގައި ހުންނަވައި މުންތަގިމް ކެންޑިޑެސީ ހުށަހެޅުއްވީ ޗެސް އެސޯސިއޭޝަނުގެ ނަމުގަ އެވެ..