ގެދޮރުވެރިޔާ މަޝްރޫއާ ގުޅިގެން އަކްރަމާއި އިތުރު ތިން ބޭފުޅެއްގެ މައްޗަށް ދައުވާ ކޮށްދޭން ފޮނުވައިފި

މިހާރު

3 ޖޫން 2025 | އަންގާރަ | 3:27

ކުރީގެ ސަރުކާރުން ހިންގި ހައުސިން މަޝްރޫއުން ވަކި ބަޔަކަށް ނާޖައިޒު ފައިދާ ހޯދައިދިން ކަމަށް ކުރާ ތުހުމަތުގައި ހައުސިން މިނިސްޓްރީގެ އޭރުގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީނާއި އެ މިނިސްޓްރީގެ އޭރުގެ އިތުރު ތިން ވެރިއެއްގެ މައްޗަށް ދައުވާ ކޮށްދޭން އެދި އޭސީސީން މިއަދު ޕީޖީ އޮފީހަށް ފޮނުވައިފި އެވެ.

އެ ކޮމިޝަނުން ބުނީ، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ހިންގި ގެދޮރުވެރިޔާގެ ސްކީމްގެ ފުރަތަމަ ބުރުގެ 4،000 ފްލެޓު ލިބޭ މީހުންގެ ތެރޭގައި ވަކި ބަޔަކު ހިމަނައި ވަކި ބަޔަކަށް ނާޖައިޒު މަންފާ ހޯދައިދިންކަން މައްސަލައިގެ ތަހުގީގުގައި ހޯދާފައިވާ ހެއްކާއި ގަރީނާއިން އެނގޭ ކަމަށެވެ.

އެ މައްސަލައިގައި އަކްރަމްގެ އިތުރުން ދައުވާކޮށްފައިވަނީ އޭރުގެ ސީނިއާ އެގްޒެކެޓިވްގެ މަގާމުގައި ހުންނެވި މުހައްމަދު އާރިފާއި ސީނިއާ އެގްޒެކެޓިވް ޝިރުއާމް ވަހީދު އަދި އެ މިނިސްޓްރީގެ ޑިރެކްޓަ ޖެނެރަލަކަށް އޭރު އަދި މިހާރު ވެސް ހުންނެވި އަހުމަދު ވިޝާން ނަސީމްގެ މައްޗަށެވެ.

މައުޟޫޢުތަށް