މަތީ ތައުލީމަށް ޖަޕާނުން ދޭ ހަ ސްކޮލަޝިޕަށް 1.3 މިލިއަން ޑޮލަރުގެ އެހީ ދީފި
މިހާރު
3 ޖޫން 2025 | އަންގާރަ | 7:07
ޖަޕާނުގެ ޕްރޮޖެކްޓު ފޯ ހިއުމަން ރިސޯސް ޑިވެލޮޕްމަންޓް ސްކޮލަޝިޕް (ޖޭޑީއެސް) ގެ ދަށުން ރާއްޖެއަށް ދޭ ހަ ސްކޮލަޝިޕަށް 194 މިލިއަން ޔެން (1.3 މިލިއަން ޑޮލަރު)ގެ އެހީ ދިނުމުގެ މިއަދު އެއްބަސްވެއްޖެ އެވެ.
އެކްސްޗޭންޖު އޮފް ނޯޓްސްގައި ފޮރިންގެ ސްޓޭޓް މިނިސްޓަރު ޝެރީނާ އަބްދުއްސަމަދު އަދި އެ ގައުމުން ރާއްޖެ ކަނޑައަޅުއްވާފައިވާ ސަފީރު އިޝިގާމީ ރުމީކޯ ވަނީ ސޮއިކުރައްވައިފަ އެވެ.
ފޮރިން މިނިސްޓްރީން ބުނީ ޖޭޑީއެސްއަކީ ރާއްޖޭގައި އިންސާނީ ވަސީލަތްތައް ތަރައްގީކޮށް އިތުރަށް ހަރުދަނާކުރަން އޮގަސްޓް، 2020 އިން ފެށިގެން ދެމުން އަންނަ ސްކޮލަޝިޕެއް ކަމަށެވެ.