ހުޅުމާލޭގެ އާބަން ފާމިންގެ ދެވަނަ މަޝްރޫއު ފަށައި، 18 ބިމެއް ދަނޑުވެރިކަމަށް ކުއްޔަށް ދީފި

މިހާރު

3 ޖޫން 2025 | އަންގާރަ | 9:39

ހުޅުމާލޭގެ އާބަން ފާމިންގެ ދެވަނަ މަޝްރޫއު މިއަދު ފަށައި، 18 ބިމެއް ދަނޑުވެރިކަމަށް ކުއްޔަށް ދޫކޮށްފި އެވެ.

އެޗްޑީސީން ނެރުނު ނޫސްބަޔާނެއްގައި ބުނީ ހުޅުމާލޭގައި ދެމެހެއްޓެނިވި ދަނޑުވެރިކަން ކުރިއަރުވައި، ދަނޑުވެރިންނަށް ފުރުސަތު ފަހިކޮށްދިނުމަށް ކުރިއަށް ގެންދާ އާބަން ފާބިންގެ ދެވަނަ މަޝްރޫއުގެ ދަށުން ގާއިމްކޮށްފައިވާ ދަނޑުވެރި ސްލޮޓްތަކާއި ޕްލާޒާ މިއަދު އިފްތިތާހުކޮށްފައިވާ ކަމަށެވެ.

ހުޅުމާލޭގައި މިއަދު ހަވީރު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އާބަން ފާމިން 2 ގެ ޕްލާޒާ ހުޅުއްވައިދެއްވީ ދަނޑުވެރިކަމާ ބެހޭ މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ އާއި ޖަޕާނުގެ ސަފީރު އިޝިގާމީ ރުމީކޯ އެވެ.

މައުޟޫޢުތަށް