އެތުލެޓިކޯގެ ޝަކުވާއާ ހެދި ޕެނަލްޓީގެ ގަވާއިދު ބަދަލުކޮށްފި
މިހާރު
4 ޖޫން 2025 | ބުދަ | 7:48
ނިމިދިޔަ ޔޫއެފާ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގައި ރެއާލް މެޑްރިޑް އަތުން ވާދަވެރި އެތުލެޓިކޯ މެޑްރިޑް ބަލިވި މެޗުގެ ޕެނަލްޓީގެ މައްސަލައިގައި އެ ކްލަބްގެ ޝަކުވާ ބޮޑުވުމުން ފީފާއިން ޕެނަލްޓީގެ ގަވާއިދު ބަދަލުކޮށްފި އެވެ.
ޕެނަލްޓީޝޫޓްއައުޓްގައި އެތުލެޓިކޯގެ ފޯވާޑް ހޫލިއަން އަލްވަރާޒް ޖެހި ޕެނަލްޓީ ގޯލަށް ވަނެވެ. އެކަމަކު ވީއޭއާރުން ރިވިއު ކުރުމަށް ފަހު ނިންމީ ސައްހަ ގޯލެއް ނޫން ކަމަށެވެ.
ވީއޭއާރުން ދެއްކީ ޕެނަލްޓީ ފޮނުވާލުމުގެ ކުރިން އަލްވަރާޒް، ޕެނަލްޓީ ފޮނުވާލި ފައި ނޫން އަނެއް ފައިގެ ބޫޓްގެ ކޮޅު ވެސް ބޯޅައިގައި ޖެހިފައިވާ ކަމަށެވެ. އެހެންވެ އެއީ ދެ ފަހަރަށް ޓަޗް ކުރުމުގެ ތެރޭގައި ހިމެނޭ ކަމަކަށް ބަލައި ގޯލް ބާތިލު ކުރި އެވެ.