ހައްޖު ދުވަހު ހައްޖާޖީން ޓެންޓުތަކުގައި ތިބެން އިލްތިމާސްކޮށްފި
މިހާރު
4 ޖޫން 2025 | ބުދަ | 7:53
ގަދަ ހޫނުގެ ސަބަބުން ކުރިމަތިވެދާނެ ނުރައްކާތަކުން ސަލާމަތްވުމަށް، ހައްޖު ދުވަހު ހައްޖާޖީން ހެނދުނު 10:00 އިން ހަވީރު 4:00 އާ ދެމެދު އެ ބަޔަކަށް ހާއްސަކޮށްފައިވާ ޓެންޓުތަކުގައި ތިބެން އިލްތިމާސްކޮށްފި އެވެ.
ސައުދީ ޕްރެސް އެޖެންސީ (އެސްޕީއޭ) އިން ރިޕޯޓްކޮށްފައިވާ ގޮތުގައި ސައުދީ އަރަބިއްޔާގެ ހައްޖު އެންޑް އުމްރާ މިނިސްޓަރު ތައުފީގު އަލް ރާބިއާ ވަނީ މިގޮތަށް އިރުޝާދު ދެއްވައިފަ އެވެ.
އަލް ރާބިއާ ވިދާޅުވީ މިއީ ހައްޖާޖީންގެ ސިއްހަތު ރައްކާތެރިކުރުމަށް މުހިންމު ފިޔަވަޅެއް ކަމަށެވެ.