މަހްފޫޒަށް މަރުގެ އިންޒާރު ދިން މައްސަލަ ބަލަނީ
މިހާރު
4 ޖޫން 2025 | ބުދަ | 10:15
ގާނޫނީ ވަކީލު މަހުފޫޒު ސައީދަށް ސޯޝަލް މީޑިއާގައި މަރުގެ އިންޒާރު ދިން މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފި އެވެ.
މަހުފޫޒުގެ އެކްސް އެކައުންޓް ޓެގްކޮށް، "ވަޅިއެއް ޖަހަންވީތޯ" ސުވާލުކޮށްފައިވާ މީހެއްގެ މައްސަލަ ފެންމަތިވީ އިއްޔެ އެވެ. އެކަމަކު އެ މީހާގެ އެކައުންޓު އިއްޔެ ވަނީ ޑިލީޓް ކޮށްލައިފަ އެވެ.
އެ ޕޯސްޓު "އެކްސް" ގައި ހިއްސާ ކުރައްވައި މަހުފޫޒު ވިދާޅުވީ އެފަދަ ކަމެއް ކުރުމުގެ ކުރިން އެހުމުން އުފާވާ ކަމަށެވެ. އެކަމަކު އެ ބާވަތުގެ ކަމެއް ކުރަންޖެހޭ ޖާއިޒު އެއްވެސް ސަބަބެއް ނެތުމުން އެކަން ނުކުރަން އެދިވަޑައިގަންނަވާ ކަމަށް އެ ޕޯސްޓުގައި މަހުފޫޒު ވިދާޅުވި އެވެ.