ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން ނަޝީދު ހިޔާލު ހޯއްދަވަނީ
މިހާރު
4 ޖޫން 2025 | ބުދަ | 2:15
އަންނަ ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން ޝައުގުވެރިވެވަޑައިގަންނަވާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު އެކަން ހާމަކުރެއްވީ އެމްޑީޕީ އާއި ޑިމޮކްރެޓްސްގެ ބައެއް އިސް ބޭފުޅުންނަށް ފޮނުއްވި މެސެޖެއްގަ އެވެ. އެ މެސެޖުގައި ނަޝީދު ވިދާޅުވީ އިންތިހާބަށް ކުރިމަތިލުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށެވެ.
"ކިހިނެއްތޯ ފެންނަނީ؟، ކޮންމެ ގޮތަކަށް ޖަވާބު ދެއްވި ނަމަވެސް އަޅުގަނޑުމެންގެ ގުޅުމަށް ބުރޫނާރާނެ،" ނަޝީދު ވިދާޅުވެފައިވެ އެވެ.