ޣައްޒާގައި ހަމަލާތައް ހުއްޓާލަން ގޮވާލާ ގަރާރު އެމެރިކާއިން ވީޓޯކޮށްފި
މިހާރު
5 ޖޫން 2025 | ބުރާސްފަތި | 6:48
ފަލަސްތީނުގެ ޣައްޒާގައި ދެމުން ގެންދާ ހަމަލާތައް ވަގުތުން ހުއްޓާލުމަށާއި އާންމުންނަށް ބޭނުންވާ އެހީގެ ސާމާނު ލިބޭނެ މަގުތައް ތަނަވަސްކަންކޮށްދިނުމަށް ގޮވާލައި އދ.ގެ ސަލާމަތީ މަޖިލީހަށް ހުށަހެޅި ގަރާރު އެމެރިކާއިން މިފަހަރު ވެސް ވީޓޯކޮށް، ފެއިލްކޮށްލައިފި އެވެ.
އެމެރިކާގެ މި ވީޓޯއާ އެކު 15 މެންބަރުންގެ ކައުންސިލްގައި އެމެރިކާއަށް ވަނީ ވަރަށް ބޮޑަށް ނުރުހުން އަމާޒުވެފަ އެވެ.
މިއަދު ވޯޓަށް އެހި ގަރާރަކީ ޣައްޒާގެ މައްސަލައިގައި މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ފަހުން ސަލާމަތީ މަޖިލީހުން މި މައްސަލައިގައި ވޯޓަށް އެހި ފުރަތަމަ ގަރާރެވެ. އަދި މިއީ ޣައްޒާގައި ދާއިމީކޮށް ހަމަލާތައް ހުއްޓާލުމަށް ގޮވާލި ވެސް ފުރަތަމަ ގަރާރެވެ.