އިސްކަންދަރު ސްކޫލްގެ ބާވެ، ވެއްޓެން ކައިރި ވެފައިވާ އިމާރާތް 9 އަހަރު ފަހުން ތަޅާލަން ފަށައިފި

މިހާރު

5 ޖޫން 2025 | ބުރާސްފަތި | 8:09

ސަރުކާރުން ނިންމާފައި ވަނީ 21 ރޫމް ހިމެނޭ އިތުރު އިމާރާތެއް އިސްކަންދަރު ސްކޫލަށް ހަދައިދޭން.

އިސްކަންދަރު ސްކޫލްގެ އޭ ބްލޮކްގައި ހަދާފައިވާ ދެ ބުރީގެ އިމާރާތް ވަރަށް ބޮޑަށް ވީރާނާވެ، ހަލާކުވެފައިވުމުން ބޭނުން ނުކުރާތާ 8 އަހަރު ފަހުން އެ އިމާރާތް ތަޅާލުމުގެ މަސައްކަތް މިއަދު ފަށައިފި އެވެ.

މީގެ 64 އަހަރު ކުރިން އިމާރާތްކުރި އިސްކަންދަރު ސްކޫލްގެ މައި ދޮރާށި ކައިރިން ހުރި ދެ ބުރީގެ އިމާރާތް ބޭނުންކުރުން ރައްކާތެރި ނޫން ކަމަށް ކަމާ ބެހޭ މާހިރުން ސާވޭ ހެދުމަށް ފަހު، މިދިޔަ 8 އަހަރުގެ ތެރޭގައި ދެ ފަހަރު އެންގި ކަމަށް ވެ އެވެ. އެހެންވެ، އެ އިމާރާތުގެ ފުރަތަމަ ފްލޯ ބޭނުން ކުރަމުން އައީ ގުދަނެއްގެ ގޮތުގަ އެވެ. އެ ބްލޮކްގެ މަތީގައި ޖާގަ ތަނަވަސް ހަތް ކްލާސް ރޫމް ހުއްޓަސް ބޭނުން ކުރުން ރައްކާތެރި ނޫން ކަމަށް އެންގުމުން އެ ކްލާސް ރޫމުތައް ބޭނުން ކުރުން ހުއްޓާލިތާ ހައެއްކަ އަހަރުވެއްޖެ އެވެ. އެކަމަކު، އެ ފްލޯގައި ޕްރިންސިޕަލާއި ޑެޕިއުޓީ ޕްރިންސިޕަލުންނާއި ޓީޗަރުންނާއި ހެލްތު ރޫމް ހިންގަ އެވެ.

މައުޟޫޢުތަށް