އުމުރު ދުވަހުގެ ޖަލު ހުކުމެއްގައި ހުރި މީހަކު މަރުވެއްޖެ

މިހާރު

5 ޖޫން 2025 | ބުރާސްފަތި | 11:21

މަސްތުވާތަކެތީގެ މައްސަލައެެއްގައި މާފުށީ ޖަލުގައި އުމުރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުން އައި މީހަކު ރޭ މަރުވެއްޖެ އެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ބުނިގޮތުގައި ރޭ ދަންވަރު މަރުވެފައި ވަނީ ނ. މާފަރު، ހިތްފަސޭހަގޭ، މޫސާ ހަސަން އެވެ.

ކަރެކްޝަނުން ބުނީ އުމުރުން 45 އަހަރުގެ އެ މީހާއަކީ މިދިޔަ އޭޕްރީލް މަހު އިމަޖެންސީ ހާލަތުގައި މާލެ ގެނެސް އައިޖީއެމްއެޗުގައި އެޑްމިޓްކޮށްގެން ފަރުވާދެމުން އައި މީހެއް ކަމަށެވެ. އެ މީހާ އަށް ދިމާވި ސިއްހީ ހާލަތަކީ ކޮބައި ކަމެއް ޖަލުން މީހުން ބަލަހައްޓާ އިދާރާ އިން ނުބުނެ އެވެ.

މައުޟޫޢުތަށް