ދިވެހި ހުރިހާ ހައްޖުވެރިން އަރަފާތު ބިމުގައި، އެންމެންގެ ހާލު ރަނގަޅު

މިހާރު

5 ޖޫން 2025 | ބުރާސްފަތި | 10:46

ރާއްޖެއިން މި އަހަރުގެ ހައްޖުގެ އަޅުކަމަށް ދިޔަ ހުރިހާ ހައްޖުވެރިން ރޭ ފަތިހުން ފެށިގެން ތިބީ އަރަފާތުގައި ކަމަށާއި އެ އެންމެންގެ ވެސް ހާލު ރަނގަޅު ކަމަށް ހައްޖު ކޯޕަރޭޝަނުން މިއަދު ބުނެފި އެވެ.

އަރަފާތުގައި ދިވެހި ހައްޖުވެރިން ތިބޭ ޓެންޓުތައް ކައިރީ ހުންނަވައި ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަކީލް ވިދާޅުވީ އިއްޔެ އެންމެ ބޮޑަށް މަސައްކަތް ކުރަމުން އައީ މިއަދުގެ އިރު އެރުމުގެ ކުރިން ހުރިހާ ހައްޖުވެރިން އަރަފާތު ޓެންޓުތަކަށް ވެއްދުމަށް ކަމަށެވެ.

އެ މަސައްކަތުގެ ދަށުން އޭނާ ވިދާޅުވީ ރޭ 3:30 ހާއިރު ހުރިހާ ހައްޖުވެރިން އަރަފާތަށް ގެނެސްފައިވާ ކަމަށެވެ.

މައުޟޫޢުތަށް