ރޮނާލްޑޯގެ ގޯލުން ޖަރުމަން ބަލިކޮށް ޕޯޗުގަލް ފައިނަލަށް

މިހާރު

5 ޖޫން 2025 | ބުރާސްފަތި | 12:05

މިއުނިޗް (ޖޫން 5) - ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ކާމިޔާބު ކޮށްދިން ގޯލާ އެކު 2-1 އިން ޖަރުމަން ބަލިކޮށް، ޔޫއެފާ ނޭޝަންސް ލީގުގެ ފައިނަލުން ޕޯޗުގަލް ޖާގަ ހޯދައިފި އެވެ.

ޖަރުމަނުން ފުރަތަމަ ހާފު ޑޮމިނޭޓް ކޮށްގެން ގިނަ ހަމަލާތަކެއް އުފެއްދި އިރު ޕޯޗުގަލްގެ ގޯލްކީޕަރު ޑިއޯގޯ ކޮސްޓާ ވަނީ މޮޅު ސޭވްތަކެއް ކޮށްފަ އެވެ. ނަމަވެސް ދެވަނަ ހާފު ފެށިގެން ތިންވަނަ މިނިޓުގައި ފްލޯރިއަން ވާޓްޒް ވަނީ ހުސްކޮށް ހުރެ ޖަރުމަނަށް ގޯލެއް ޖަހައިދީ ލީޑު ހޯދައިދީފަ އެވެ.

ޕޯޗުގަލް ނަތީޖާ އެއްވަރު ކުރީ ބަދަކު ކުޅުންތެރިއެއް ގޮތުގައި ކުޅެން އެރި ފްރަންސެސްކޯ ކޮންސެސާއޯ، މެޗުގެ 63 ވަނަ މިނިޓުގައި ޖަހައިދިން ގޯލުންނެވެ. އޭގެ ފަސް މިނިޓު ފަހުން ރޮނާލްޑޯ ޕޯޗުގަލް އަށް ލީޑު ނަގައިދިނީ ނޫނޯ މެންޑޭޒް ދިން ޕާހަކުންނެވެ.

މައުޟޫޢުތަށް