އީދުގައި އިސްކަންދޭންވީ އިޖުތިމާއީ ރޫހާއި އެއްބައިވަންތަކަން އާލާކުރަން: ރައީސް

މިހާރު

5 ޖޫން 2025 | ބުރާސްފަތި | 7:48

އީދަކީ އުފާވެރި ހަނދާންތަކަކުން ހިތްތަކުގައި ބިންވަޅު ނެގޭ ބަރަކާތްތެރި އިހްތިފާލަކަށް ހެދުމަށާއި އީދުގެ ބަރަކާތްތެރި މޫސުމުގައި އިޖުތިމާއީ ރޫހާއި އެއްބައިވަންތަކަން އާލާކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އެދިވަޑައިގެންފި އެވެ.

އީދު ދުވަހުގެ މުނާސަބަތުގައި ރައީސް ފޮނުއްވި ތަހުނިޔާގެ ހިތޯބުގައިވަނީ ދޮށީ އުމުރުގައި ތިބި މައިންބަފައިން އުފާކޮށްދިނުމާއި އަވަށްޓެރިކަމުގެ ގުޅުންތައް ދެމެހެއްޓުމާއި ގާތްތިމާގެކަމާއި ރަހުމަތްތެރިކަން އިތުރަށް ބަދަހިކުރުމާއި ދަރިންނަށް ރިވެތި ނަމޫނާ އާއި ނަސޭހަތް ދިނުމަށް އިލްތިމާސް ކުރައްވާ ކަމަށެވެ.

"އަޅުގަނޑުމެން އިސްކަން ދޭންވާނީ، މިފަދަ ބަރަކާތްތެރި ކޮންމެ މޫސުމެއްގައި ވެސް އިޖުތިމާއީ ރޫހާއި އެއްބައިވަންތަކަން އާލާ ކުރުމަށެވެ،" ހައްޖުގެ މަތިވެރި އަޅުކަމުގައި ސައުދީ އަރަބިއްޔާގައި ހުންނަވައިގެން ރައީސް ދެއްވި ހިތޯބުގައި ވިދާޅުވި އެވެ.

މައުޟޫޢުތަށް