ދަރިންނަކީ ހެޔޮލަފާ، ކިޔަމަންތެރި ބަޔަކަށް ހަދަން އީދު ޚުތުބާގައި ގޮވާލައިފި

މިހާރު

6 ޖޫން 2025 | ހުކުރު | 7:59

ދަރިންނަކީ ހެޔޮލަފާ، ކިޔަމަންތެރި ބަޔަކަށް ހަދަން މަސައްކަތްކުރުމަކީ އެންމެންގެ މަސްއޫލިއްޔަތެއް ކަމުގައި ހެދުމަށް މިއަދުގެ އީދު ޚުތުބާގައި ގޮވާލައިފި އެވެ.

އީދު ޚުތުބާގައި ބުނީ ހައްޖުގެ އަޅުކަމުން ހަނދާންކޮށްދެނީ ނަބީބޭކަލުންގެ ބަފައިކަލުން އިބްރާހިމްގެފާނުގެ ވާހަކަތައް ކަމަށާއި އެކަލޭގެފާނާއި އެކަލޭގެފާނުގެ ދަރިކަލުން އިސްމާއިލްގެފާނު ގެފުޅުގެ ބިންގަލުގެ މަތީގައި ގެފުޅު އަލުން ބިނާކުރެއްވި މަތިވެރި ޒިކުރާ ކަމަށެވެ. އިބްރާހިމްގެފާނު މުސްކުޅިފުޅުވީ ދުވަހު ލިބިވަޑައިގަތް އެ ލޮބުވެތި ދަރިކަލުން ގުރުބާންކުރެއްވުމަށް މާތްﷲ ކުރެއްވެވި އަމުރުފުޅަށް އިޖާބަދެއްވި ގޮތް ޚުތުބާގައި ފާހަގަކުރި އެވެ.

އިބްރާހިމްގެފާނާއި އިސްމާއިލްގެފާނު ވެސް މި ތާނގައި މާތްﷲ އަމުރުފުޅަށް ކިޔަމަންވެވަޑައިގަތް ކަމަށް ޚުތުބާގައި ބުންޏެވެ.

މައުޟޫޢުތަށް