ރާއްޖެގެ މައްޗަށް ސިންގަޕޫރަށް ކުރި، ދެވަނަ ހާފުގައި ދިވެހި ޓީމު ކުޅުނު ގޭމަށް ކޯޗުންގެ ތައުރީފު

މިހާރު

6 ޖޫން 2025 | ހުކުރު | 12:13

ބައިނަލްއަގްވާމީ އެކުވެރިކަމުގެ މެޗުގައި ސިންގަޕޫރު އަތުން 3-1 ން ރާއްޖެ ބަލިވިނަމަވެސް، މެޗުގެ ދެވަނަ ހާފުގައި ދިވެހި ޓީމުން ދެއްކި ކުޅުނު ދެ ކޯޗުން ވެސް ފާހަގަ ކޮށްފި އެވެ.

މެޗުގެ ވަރަށް ކުރީކޮޅު ސިންގަޕޫރުން ލީޑް ނެގި އެވެ. ސިންގަޕޫރުގެ ބިޝާން ސްޓޭޑިއަމްގައި ކުޅުނު މެޗުގައި އެ ޓީމުގެ ލަނޑުތައް ޖެހީ އަމީރުލް އާދިލް އާއި އިކްޝާން ފަންދީ އެވެ. މެދުކެނޑުމަކަށް ފަހު ގައުމީ ޓީމަށް ކުޅެން ފެށި އިކްޝާން ވަނީ ދެ ލަނޑު ޖަހައިފަ އެވެ.

މެޗަށް ފަހު ސިންގަޕޫރުގެ ސުޓޯމޫ އޮގުރާ ބުނީ މެޗުގެ ފުރަތަމަ ހާފު އޭނާގެ ޓީމުން ކޮންޓްރޯލް ކުރި ކަމަށެވެ. އެކަމަކު ދެވަނަ ހާފުފެ ފުރަތަމަ 15 މިނެޓަށް ފަހު ދެން ރާއްޖޭން ކޮންޓްރޯލް ނެގިކަން އޭނާ ވެސް ފާހަގަ ކުރި އެވެ.

މައުޟޫޢުތަށް