މަނާ ވަގުތު ވެހިކަލް ދުއްވައިގެން 141 މީހަކު ހުއްޓުވައި 11 މީހަކު ޖޫރިމަނާކޮށްފި
މިހާރު
6 ޖޫން 2025 | ހުކުރު | 10:38
މާލެ އާއި ވިލިމާލޭގައި މިއަދު ވެހިކަލް ދުއްވުން މަނާ ކަމަށް ކަނޑައެޅި ހަވީރުގެ ދެ ގަޑިއިރުގެ ތެރޭގައި ފުލުހުން 141 ވެހިކަލް ހުއްޓުވައި 11 މީހަކު ޖޫރިމަނާކޮށްފި އެވެ.
މިއަދު ހަވީރު 4 އިން 6 އަށް ގްރޭޓާ މާލޭ އޭރިއާގެ ހުރިހާ މަގެއްގައި ވެހިކަލް ދުއްވުން މަނާކޮށް މާލޭ ސިޓީ ކައުންސިލުން މީގެ ދެ ދުވަސް ކުރިން އިއުލާނުކޮށްފައި ވިޔަސް ވެހިކަލް ދުއްވުން މަނާވާނީ މާލެ އާއި ވިލިމާލޭގައި ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން އިއްޔެ ވަނީ ކަނޑައަޅައިފަ އެވެ.
ފުލުހުން މިރޭ ބުނީ ވެހިކަލް ދުއްވުން މަނާ ކަމަށް ސަރުކާރުން ކަނޑައެޅި ދެ ގަޑިއިރު މާލޭގައި ފުލުހުންގެ ހަރަކާތްތެރިވުން އިތުރުކުރުމަށް ހާއްސަ އޮޕަރޭޝަނެއް ކުރިއަށް ގެންދިޔަ ކަމަށެވެ.