އައިއެލްއޯގެ އޮބްޒާވާ ސްޓޭޓެއްގެ ދަރަޖަ ފަލަސްތީނަށް ދީފި
މިހާރު
6 ޖޫން 2025 | ހުކުރު | 10:42
ދުނިޔޭގެ މަސައްކަތްތެރިންގެ ހައްގުތަކަށް ވަކާލާތުކުރާ އދ. ގެ އެޖެންސީ، އިންޓަނޭޝަނަލް ލޭބާ އޯގަނައިޒޭޝަން (އައިއެލްއޯ)ގެ އޮބްޒާވާ ސްޓޭޓެއްގެ ދަރަޖަ ފަލަސްތީނަށް މިއަދު ދީފި އެވެ.
ފަލަސްތީނަށް މި ދަރަޖަ ދިނީ އެ އެޖެންސީގެ މެމްބަރުންގެ މެދުގައި ނެގި ވޯޓުންނެވެ. އެ ވޯޓުގައި 386 މެމްބަރަކު ވަނީ ފަލަސްތީނަށް އެ ދަރަޖަ ދިނުމަށް ތާއީދުކޮށް ވޯޓު ދީފަ އެވެ. އަދި 15 މެމްބަރަކު އެކަމާ ދެކޮޅަށް ވޯޓުދިންއިރު، 42 މެމްބަރަކު ވޯޓުގައި ބައިވެރި ނުވެ އެވެ.
އެ އެޖެންސީގެ އޮބްޒާވާ ސްޓޭޓެއްގެ ދަރަޖަ ފަލަސްތީނަށް ދިނުމަށް ތާއީދުކޮށް ރާއްޖެއިން ވެސް ވަނީ ވޯޓު ދީފަ އެވެ.