ޓެކްސް އާމްދަނީގެ 45 ޕަސެންޓް ހަތަރު މަސް ތެރޭގައި ލިބިއްޖެ

މިހާރު

7 ޖޫން 2025 | ހޮނިހިރު | 10:37

ވޭތުވެދިޔަ ހަތަރު މަހު ޓެކްސްއިން ލިބުނު އާމްދަނީ 13 ބިލިއަން ރުފިޔާއަށް އަރައިފި އެވެ.

ފިނޭންސް މިނިސްޓްރީން އާންމުކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުން ޓެކުހުން ލިބިފައިވަނީ މިއަހަރަށް ލިބޭނެ ކަމަށް އަންދާޒާކޮށްފައިވާ އާމްދަނީގެ 45 ޕަސެންޓެވެ. މިއަހަރު ނިމޭއިރު ޓެކްސް އާމްދަނީގެ ގޮތުގައި 29 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށްފައިވެ އެވެ. ޓެކުހުން ލިބުނު އާމްދަނީ ވަނީ މިދިޔަ އަހަރަށް ވުރެ ފަސް ޕަސެންޓް އިތުރުވެފަ އެވެ. އެއީ ގާތްގަނޑަކަށް 600 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ.

ޓެކުހުން ލިބުނު އާމްދަނީ އިތުރުވިއިރު، ގްރީން ޓެކްސް އިން ނަގާ އަދަދު ވަނީ މިދިޔަ ޖެނުއަރީ މަހުން ފެށިގެން އިތުރުކޮށްފަ އެވެ. އަދި އަންނަ ޖުލައި މަހުން ފެށިގެން ޓީޖީއެސްޓީއަށް އިތުރު އެއް ޕަސެންޓް އިތުރުވާނެ އެވެ. އެއާ އެކު ވެސް ޓެކުހުން ލިބޭ އާމްދަނީ އިތުރުވުމުގެ ފުރުސަތު ބޮޑުވާނެ އެވެ.

މައުޟޫޢުތަށް