ފަޔާ ވެހިކަލް ހަލާކުވުމުން ފުނަދޫ އެއާޕޯޓަށް ދަތުރުތައް ހުއްޓާލައިފި

މިހާރު

7 ޖޫން 2025 | ހޮނިހިރު | 3:05

ފުނަދޫ އެއާޕޯޓުގެ ފަޔާ ވެހިކަލް ހަލާކުވުމުން އެ އެއާޕޯޓުގެ އޮޕަރޭޝަން ވަގުތީ ގޮތުން ހުއްޓާލައިފި އެވެ.

ށ.ފުނަދޫ އެއާޕޯޓުގެ ދަތުރުތައް ނުކުރެވޭތީ، މޯލްޑިވިއަން އިން މިއަދަށް ޝެޑިއުލްކުރި ފްލައިޓް ވަނީ ނ. މާފަރަށް ޑައިވާޓުކޮށްފަ އެވެ. ފުނަދޫއިން ފުރަން ޓިކެޓް ގަތް ފަރާތްތަކަށް ކަނޑުމަގުން މާފަރަށް ދެވޭނެ އިންތިޒާމުތައް މޯލްޑިވިއަން އިން ހަމަޖައްސައި، ފުރުވާލާފައިވާ ކަމަށް އެ އެއާލައިން ހިންގާ އައިލެންޑް އޭވިއޭޝަން މެނޭޖިން ޑިރެކްޓަރު އިބްރާހިމް އިޔާސް ވިދާޅުވި އެވެ.

މޯލްޑިވިއަން އިން ވަނީ އެ އެއާލައިންގެ ސޯޝަލް މީޑިއާގައި ވެސް އެެކަން އިއުލާނުކޮށްފަ އެވެ. އިޔާސް ވިދާޅުވީ، ދަތުރުތައް ހުއްޓާލީ އެއާޕޯޓުގެ ޓެކްނިކަލް މައްސަލައަކާ ގުޅިގެން ކަމަށާއި އެ މައްސަލަ ހައްލުވާނެ ދުވަހެއް ނޭންގޭ ކަމަށެވެ.

މައުޟޫޢުތަށް