ފަޔާ ވެހިކަލަށް ދިމާވި މައްސަލަ ހައްލުކޮށް، ފުނަދޫ އެއާޕޯޓު އަލުން އޮޕަރޭޝަނަށް
މިހާރު
7 ޖޫން 2025 | ހޮނިހިރު | 6:27
ށ. ފުނަދޫ އެއާޕޯޓުގެ ފަޔާ ވެހިކަލަށް ދިމާވި މައްސަލަ ހައްލުކޮށް، އެ އެއާޕޯޓު އަލުން އޮޕަރޭޝަނަށް ގެނެސްފައިވާ ކަމަށް، ރީޖަނަލް އެއާޕޯޓްސް ކޮމްޕެނި (އާރުއޭސީއެލް)އިން ބުނެފި އެވެ.
ފުނަދޫ އެއާޕޯޓުގެ ދަތުރުތައް ނުކުރެވޭތީ، މޯލްޑިވިއަން އިން މިއަދަށް ޝެޑިއުލްކުރި ފްލައިޓް ވަނީ ނ. މާފަރަށް ޑައިވާޓުކޮށްފަ އެވެ.
ފުނަދޫ އެއާޕޯޓްގެ އޮޕަރޭޝަންތައް ވަގުތީ ގޮތުން މެދުކަނޑާލައި އެ އެއާޕޯޓް ބަންދުކޮށްފައި އޮތުމަށްފަހު، މިހާރު މައްސަލަ ހައްލުކޮށް އަލުން އޮޕަރޭޝަންނަށް ގެނެވިފައިވާ ކަމަށް އާރުއޭސީއެލުން ބުންޏެވެ.