ރައީސް މުއިއްޒު، ސައުދީގެ ވަލީ އަހުދު ޕްރިންސް މުހައްމަދާ ބައްދަލުކުރައްވައިފި

މިހާރު

7 ޖޫން 2025 | ހޮނިހިރު | 9:27

ރައީސް ޑރ. މުހައްމަދު މުއިއްޒު، ސައުދީ އަރަބިއްޔާގެ ބޮޑުވަޒީރު އަދި ވަލީ އަހުދު މުހައްމަދު ބިން ސަލްމާން އާ ބައްދަލުކުރައްވައިފި އެވެ.

ސައުދީ ޕްރެސް އެޖެންސީން ބުނީ އެ ބައްދަލުވުމުގައި ރާއްޖެ އާއި ސައުދީގެ ގުޅުން އިތުރަށް ބަދަހިކޮށް، ފުޅާކުރުމާ ގުޅޭގޮތުން ދެ ބޭފުޅުން މަޝްވަރާ ކުރެއްވި ކަމަށެވެ.

މި އަހަރުގެ ހައްޖަށް ވަޑައިގެންނެވި އިއްޒަތްތެރިންގެ ޝަރަފުގައި ސައުދީ ރަސްގެފާނު އަދި ދެ ހަރަމްފުޅުގެ ވެރިޔާ ސަލްމާން ބިން އަބްދުލް އަޒީޒުގެ ފަރާތްޕުޅުން ވަލީ އަހުދު ސަލްމާން ބޭއްވެވި ހާއްސަ ބައްދަލުކުރެއްވުމުގައި ވެސް ރައީސް މުއިއްޒު ވަނީ ބައިވެރިވެވަޑައިގެންފަ އެވެ.

މައުޟޫޢުތަށް