ލ. ލިންކު ރޯޑުގައި ނުރައްކާތެރި އެކްސިޑެންޓެއް: ދެ މީހެއްގެ ފައި ބިނދި، ބޯފަޅައިގެން ގޮސް އިތުރު އަނިޔާތަކެއް

މިހާރު

8 ޖޫން 2025 | އާދިއްތަ | 1:37

ލ. ގަމުގެ ލިންކު ރޯޑުގައި ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ދެ މީހަކަށް ވަރަށް ބޮޑެތި އަނިޔާތަކެއް ވެއްޖެ އެވެ.

ފުލުހުން ބުނީ، ލިންކު ރޯޑުގައި އުތުރުން ދެކުނަށް ދުއްވާފައި ދިޔަ ކާރަކާއި ސައިކަލެއް ޖެހިގެން ރޭގެ ހަތެއް ޖަހާކަން ހާއިރު ހިނގި އެކްސިޑެޓުގައި އެ ސައިކަލްގައި ތިބި ދިވެހި ދެ ފިރިހެނުންގެ ވެސް ބޯފަޅައިގެން ގޮސް ފައި ބިނދިފައިވާ ކަމަށެވެ.

ސައިކަލް ދުއްވަން އިން އުމުރުން 44 އަހަރުގެ މީހާގެ ކަނާތު ފައިގެ ދެ ތަނަކުން ބިނދި އަދި އެ މީހާގެ ބޯ ފަޅައިގެން ގޮސްފައިވާ ކަމަށް ފުލުހުން ބުންޏެވެ. އެ މީހާ އަށް އިތުރު ޒަހަމްތަކެއް ވެސް ވި ކަމަށް ފުލުހުން މީޑިއާއާ ހިއްސާކުރި މެސެޖުގައި ވެ އެވެ.

މައުޟޫޢުތަށް