މަސްވެރިކަން ތަރައްގީކުރުމަށް އެންމެ ބޮޑު ގޮންޖެހުމަކީ މޫސުމަށް އަންނަ ބަދަލުތައް: ޝިޔާމް
މިހާރު
8 ޖޫން 2025 | އާދިއްތަ | 8:43
ރާއްޖޭގެ މަސްވެރިކަމުގެ ދާއިރާ ތަރައްގީކުރުމަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ މޫސުމަށް އަންނަ ބަދަލުތައް ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް މިއަދު ވިދާޅުވެއްޖެ އެވެ.
ދުނިޔޭގެ ކަނޑުތަކުގެ ދުވަހުގެ މުނާސަބަތުގައި ދެއްވި މެސެޖުގައި މިނިސްޓަރު ވިދާޅުވީ ރާއްޖޭގައި އެތައް ގަރުނެއް ވަންދެން، ތިމާވެއްޓާ ރައްޓެހި ގޮތުގައި ކުރާ މަސްވެރިކަމެއް ދަމަހައްޓައި ޒަމާނާ އެއްގޮތަށް ތަރައްގީކުރެވިފައި އޮތުމުން އެކަމަށް ދިވެހިން ހާއްސަ ސަމާލުކަމެއް ދީފައިވާކަން ރަމްޒުކޮށްދޭ ކަމަށެވެ.
އެހެންވެ، ކަނޑުގެ މާހައުލާއި ވަށައިގެންވާ ވެށި އަދި އެ ވެށީގެ ދިރުންތައް ރައްކާތެރިކޮށް ބެލެހެއްޓުމާ އެކު އަންނަން އޮތް ޖީލުތަކަށް އޭގެ ދުޅަހެޔޮކަންމަތީ ފޯރުކޮށްދިނުމަކީ މިއަދު އެންމެންގެ ޒިންމާއެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.