ހުއްދަ ނުހޯދައި "ހިޔަލަ" އީދު ލަވަ ޕީއެސްއެމް އިން ދެއްކި މައްސަލާގައި ގާނޫނީ ފިޔަވަޅު އަޅަނީ
މިހާރު
9 ޖޫން 2025 | ހޯމަ | 12:16
އަމިއްލަ ނަށާ ގްރޫޕެއް ކަމަށްވާ "ހިޔަލަ" އިން އީދު ދުވަހަށް ހާއްސަކޮށް ނެރުނު ލަވައެއް ހުއްދަ ނުހޯދައި ދައުލަތުގެ މީޑިއާ، ޕީއެސްއެމް އިން ބްރޯޑްކާސްޓްކުރި މައްސަލައެއް ފެންމަތިވެއްޖެ އެވެ.
"އީދު ބޯމަތިވަނީ" ގެ ނަން ދީފައިވާ ލަވަ އެ ގްރޫޕުން ޔޫޓިއުބްގައި ރިލީޒްކޮށްފައިވާއިރު، މިހާތަނަށް އެ ލަވަ 85،000 މީހުން ޔޫޓިއުބްގައި ބަލާފައިވެ އެވެ.
ސޯޝަލް މީޑިއާގެ އެހެން ޕްލެޓްފޯމްތަކުގައި ވެސް ޓްރެންޑްވެފައިވާ ލަވަ ޕީއެސްއެމްގެ ޓީވީއެމް އިން އިއްޔެ ގެނެސްދިން އީދު ކަވަރޭޖް ތެރޭ ދެއްކި އެވެ. ޓީވީއެމް އިން އެ ލަވަ ދެއްކީ ލިބިފައިވާ ހަދިޔާއެއް ކަމަށް ބުނެ އެވެ.