50 ކައުންސިލެއްގެ އިމާރާތް އަޅަން ޕީސިބިލިޓީ ހަދަން ޗައިނާގެ ޓީމެއް އަންނަނީ

މިހާރު

9 ޖޫން 2025 | ހޯމަ | 12:15

ޗައިނާ ސަރުކާރުގެ އެހީގައި 50 ރަށެއްގައި ކައުންސިލް އިމާރާތް އެޅުމުގެ މަސައްކަތުގެ ފީސިބިލިޓީ ސްޓަޑީ ހެދުމަށް އަންނަ މަހު ޗައިނާގެ ޓީމެއް ރާއްޖެ އަންނަ ގޮތަށް ހަމަޖެހިއްޖެ އެވެ.

ލޯކަލް ގަވަމަންޓް މިނިސްޓަރު އާދަމް ޝަރީފް ޕީއެސްއެމްއަށް ދެއްވި އިންޓިވިއުއެއްގައި ވިދާޅުވީ ކައުންސިލްތަކަށް ބޭނުންވާ ވަސީލަތްތައް ފޯރުކޮށްދިނުމަކީ ސަރުކާރުގެ ވަރަށް ބޮޑު އަމާޒެއް ކަމަށެވެ. ކައުންސިލް އިމާރާތްތަކުގެ ތެރެއިން 50 އޮފީހެއް އަލަށް އެޅުމުގެ މަސައްކަތަކީ އެގޮތުގެ މަތިން ހިންގާ މަޝްރޫއެއް ކަމަށެވެ.

އެ މަޝްރޫއުގެ ޕީސިބިލިޓީ ހަދަން އަންނަ މަހު ޗައިނާގެ ޓީމެއް ރާއްޖެ އަންނަ ގޮތަށް ހަމަޖެހިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މައުޟޫޢުތަށް