ތާރީހީ ފައިނަލެއްގައި އަލްކަރާޒް ފްރެންޗް އޯޕަން ކާމިޔާބުކޮށްފި
މިހާރު
9 ޖޫން 2025 | ހޯމަ | 11:57
އިޓަލީގެ ޖެނިކް ސިނާ މޮޅުވާން ދަނިކޮށް، ފަހަތުން އަރައި މެޗު ކާމިޔާބުކޮށް ފްރެންޗް އޯޕަން ޓެނިސް މުބާރާތުގެ ސިންގަލްސް ޗެމްޕިއަންކަން ސްޕެއިނުގެ ކާލޯސް އަލްކަރާޒް ރޭ ހޯދައިފި އެވެ.
މިއީ އުމުރުން 22 އަހަރުގެ އަލްކަރާޒްގެ ފަސް ވަނަ ގްރޭންޑް ސްލޭމެވެ. އަދި އޭނާގެ ފްރެންޗް އޯޕަންގެ ދެ ވަނަ ތަށްޓެވެ. އަނެއް ތިން ކާމިޔާބަކީ 2022 ގެ ޔޫއެސް އޯޕަން އާއި، 2023 އަދި 2024 ގެ ވިމްބަލްޑަން އެވެ.
ޕެރިހުގައި ރޭ ސިނާ އާއި އަލްކަރޭޒްގެ މެދުގައި ކުޅުނު ފައިނަލަކީ، ފްރެންޗް އޯޕަންގެ ތާރީހުގައި ވެސް ފެނިގެން ދިޔަ އެންމެ ދިގު ފައިނަލެވެ.