އަލް ހިލާލް އިން ހުށަހެޅި ރެކޯޑް އޮފާއަށް އޮސީމްހެން ނޫނެކޭ ބުނެފި

މިހާރު

9 ޖޫން 2025 | ހޯމަ | 12:15

އަހަރަކު 30 މިލިއަން ޔޫރޯގެ މުސާރައެއް ލިބޭ ގޮތަށް ސައޫދީ އަރަބިއްޔާގެ އަލް ހިލާލް އިން ދިން އޮފާ އަށް، އިޓަލީގެ ނަޕޯލީގެ ފޯވާޑް ވިކްޓަ އޮސީމްހެން ނޫނެކޭ ބުނެފި އެވެ.

އޮސީމްހެން މި ސީޒަން ލޯން އުސޫލުން ކުޅުނީ ތުރުކީގެ ގަލަތަސަރާއީ އަށެވެ. ނަޕޯލީން ނިންމާފައި އޮތީ 75 މިލިއަން ޔޫރޯ ދޭ ކްލަބަށް އޭނާ ދާއިމީކޮށް ވިއްކާލާ ގޮތަށެވެ. ރިޕޯޓްތައް ބުނާ ގޮތުގައި އަލް ހިލާލް އިން އޮތީ، ނަޕޯލީއާ އެކު އެ އަގަށް އެއްބަސްވެފަ އެވެ.

އަލް ހިލާލް އިން ދެން މަސައްކަތް ފެށީ އޮސީމްހެން އެއްބަސްކުރުވާށެވެ. އެކަމަށްޓަކައި، އޭނާ އަށް ރެކޯޑް މުސާރައެއް ހުށަހެޅި ނަމަވެސް، އެ އޮފާ އޭނާ ރޭ ދޫކޮށްލާފައިވާ ކަމަށް އިތުބާރުކުރެވޭ މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފަ އެވެ.

މައުޟޫޢުތަށް