ޕޮލިސް ބޯޑުން ނިންމީ ސީޕީ ކަމަށް ތިން ބޭފުޅުން ވެސް ޝަރުތު ހަމަވާ ކަމަށް
މިހާރު
9 ޖޫން 2025 | ހޯމަ | 8:59
ޕޮލިސް ކޮމިޝަނަރުގެ މަގާމަށް ކުރިމަތިލެއްވި ތިން ބޭފުޅުން ވެސް އެ މަގާމަށް ޝަރުތު ހަމަވާ ކަމަށް ޕޮލިސް ބޯޑުން ނިންމައިފި އެވެ.
ޕޮލިސް ކޮމިޝަނަރުގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި އަލީ ޝުޖާއު މިދިޔަ އޭޕްރީލް 26 ގައި އިސްތިއުފާ ދެއްވުމުންނެވެ. އެހެންވެ، ޕޮލިސް ކޮމިޝަނަރުގެ މަގާމަށް ކުރިމަތިލާން ހޯމް މިނިސްޓްރީން މިދިޔަ މޭ މަހުގެ 27 ގައި ހުޅުވައިލުމުން އެޕްލިކޭޝަން ހުށަހެޅުއްވީ ފުލުހުންގެ އިދާރާ ހިންގުމާ މިހާރު ވަގުތީ ގޮތުން ހަވާލުވެ ހުންނެވި ޑެޕިއުޓީ ކޮމިޝަނަރު އިސްމާއިލް ނަވީނާއި ޑެޕިއުޓީ ކޮމިޝަނަރު ފަރުހާދު ފިކުރީ އަދި ސައުތު ޕޮލިސް ކޮމާންޑަރު، އެސިސްޓެންޓް ކޮމިޝަނަރު މުހައްމަދު ޝަމީމެވެ.
އެ ތިން ބޭފުޅުންނާ ޕޮލިސް ބޯޑުން އިންޓަވިއުކޮށް ވަނީ ނިންމާލައިފަ އެވެ. އެހެންވެ، އެ ބޯޑަށް ފެނުނު ކަންތައްތަކާއި މާކްސްތައް ހޯމް މިނިސްޓަރު އަލީ އިހުސާނަށް ވަނީ ފޮނުވައިފަ އެވެ.