ރާއްޖޭގެ ގްލޯބަލް އެމްބެސެޑަރަކަށް ބޮލީވުޑްގެ ތަރި ކެޓްރީނާ ކައިފް
މިހާރު
10 ޖޫން 2025 | އަންގާރަ | 11:38
މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން ސަނީ ސައިޑް އޮފް ލައިފްގެ ގްލޯބަލް ބްރޭންޑް އެމްބެސެޑަރަކަށް ބޮލީވުޑްގެ ތަރި ކެޓްރީނާ ކައިފް ހަމަޖައްސައިފި އެވެ.
އެމްއެމްޕީއާރުސީން މިއަދު ބުނީ އެ ޕާޓްނާޝިޕްގެ ބޭނުމަކީ ރާއްޖޭގެ ގުދުރަތީ ރީތިކަމާއި ކަނޑުގެ ހިތްގައިމު ދިރުންތަކާއި ހާއްސަ ލަގްޒަރީ ތަޖުރިބާތައް ކުރަން ދުނިޔޭގެ ގިނަ ޓޫރިސްޓުންނަށް ހިތްވަރު ދިނުން ކަމަށެވެ.
ކެޓްރީނާއަކީ ބޮލީވުޑްގައި އެންމެ ކާމިޔާބު އަންހެން ތަރިންގެ ތެރޭގައި ހިމެނޭ އެކަކެވެ. ފިލްމީ ދާއިރާގެ ކާމިޔާބީތަކުގެ އިތުރުން، ވިޔަފާރީގައި ވެސް އޭނާ ގިނަ ކާމިޔާބީތަކެއް ހޯދާފައިވެ އެވެ. އޭނާއަށް ވަނީ ފޯބްސް އައިކަން އޮފް އެކްސެލެންސްގެ ޝަރަފު ވެސް ލިބިފަ އެވެ.