ޕޮލިސް ކޮމިޝަނަރަކަށް ނަވީން އައްޔަން ކުރައްވައިފި
މިހާރު
10 ޖޫން 2025 | އަންގާރަ | 3:27
ޕޮލިސް ކޮމިޝަނަރަކަށް މިހާރު ވެސް އެކްޓިން ކޮމިޝަނަރުގެ މަގާމުގައި ހުންނެވި އިސްމާއިލް ނަވީން މިއަދު އައްޔަން ކުރައްވައިފި އެވެ.
ފުލުހުންގެ އިސްވެރިޔާގެ މަގާމަށް ކުރިމަތިލާން ދިން މުއްދަތު މިދިޔަ ހަފުތާގެ ހޯމަ ދުވަހު ހަމަވިއިރު، އެ މަގާމަށް ކުރިމަތިލެއްވީ އެ އިދާރާ ވަގުތީ ގޮތުން ހިންގެވުމާ ހަވާލުވެ ހުންނެވި ޑެޕިއުޓީ ކޮމިޝަނަރު ނަވީން އާއި ޑެޕިއުޓީ ކޮމިޝަނަރު ފަރުހާދު ފިކުރީ އަދި އެސިސްޓެންޓް ކޮމިޝަނަރު އަހްމަދު ޝަމީމެވެ.
އެ ތިން ބޭފުޅުންނާ ޕޮލިސް ބޯޑުން އިންޓަވިއު ކުރުމަށްފަހު އެ ތިން ބޭފުޅުންގެ ޝަރުތު ހަމަވާ ކަމަށް ލަފާ ދެއްވާފައި ވަނިކޮށް އޭގެ ތެރެއިން ނަވީން އެ މަގާމަށް އައްޔަންކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައި، އޭނާއަށް މަގާމުގެ ފަތްކޮޅު މިއަދު ވަނީ އަރުވައިފަ އެވެ.