އިޓަލީ ގައުމީ ޓީމާ ހަވާލުނުވާން ރަނިއޭރީ ނިންމައިފި
މިހާރު
10 ޖޫން 2025 | އަންގާރަ | 2:24
އިޓަލީ ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވާން ދިން ފުރުސަތު ގަބޫލުނުކުރަން އެ ގައުމުގެ ތަޖުރިބާކާރު ކޯޗު ކްލައުޑިއޭ ރަނިއޭރީ ނިންމައިފި އެވެ.
އިޓަލީން އާ ކޯޗެއް މި ހޯދަނީ ވޯލްޑް ކަޕް ކޮލިފައިންގެ ފުރަތަމަ މެޗުން، މިދިޔަ ހަފުތާގައި ނޯވޭ އަތުން 3-0 އިން ބަލިވުމާ ގުޅިގެން ކޯޗު ލޫސިއާނޯ ސްޕެލެއްޓީ މަގާމުން ވަކިކުރުމަށް ފަހު އެވެ. ސްޕެލެއްޓީގެ ފަހު މެޗުގައި ރޭ އިޓަލީ ވަނީ މޯލްޑޮވާ އަތުން 2-0 އިން މޮޅުވެފަ އެވެ.
އިޓަލީން ރަނިއޭރީ ގެންނަން ބޭނުންވީ، އޭނާ އަކީ ނަތީޖާ ގޯސްވެ، ރޫހު ގެއްލިފައިވާ ޓީމުތައް ހަމަޔަކަށް އެޅުވުމުގެ މާހިރަކަށްވުމުންނެވެ.