ދަށް ނަތީޖާތަކަކަށް ފަހު މާފަށް އެދެމުން ސުޒޭން ގައުމީ ޓީމާ ދުރަށް

މިހާރު

10 ޖޫން 2025 | އަންގާރަ | 10:08

ދަށް ނަތީޖާތަކެއް ކުރިމަތިވުމުން. މަފާށް އެދެމުން ކޯޗު އަލީ ސުޒޭން ގައުމީ ޓީމަށް އަލްވަދާއު ކިޔައިފި އެވެ.

އިންޑިއާގައި 2023 ގައި ބޭއްވި ސާފް ޗެމްޕިއަންޝިޕަށް ފަހު އޭރުގެ ހެޑް ކޯޗު އިޓަލީގެ ފްރެންޗެސްކޯ މޮރިއޭރޯގެ ކޮންޓްރެކްޓް ހަމަވުމުން އޭނާ ދޫކޮށްލުމަށް ފަހު ގައުމީ ކޯޗަކަށް އެފްއޭއެމުން ހަމަޖެއްސީ މޮރިއޭރޯގެ އެސިސްޓެންޓެއްގެ ގޮތުގައި މަސައްކަތް ކުރި ސުޒޭނެވެ.

އޭގެ ކުރިން ވެސް 2021 ގައި ރާއްޖޭގައި ބޭއްވި ސާފް ޗެމްޕިއަންޝިޕްގައި ގައުމީ ޓީމުގެ ހެޑް ކޯޗުކަން ސުޒޭން އަދާކުރި އެވެ.

މައުޟޫޢުތަށް