ގޯލްޑް ކަޕް ކޮލިފައިންގެ ފުރަތަމަ މުބާރާތް ބާއްވަން ލ. އަތޮޅު ކައުންސިލުން އިސްނަގައިފި
މިހާރު
11 ޖޫން 2025 | ބުދަ | 9:35
ނައިންޓީ ޕްލަސްއިން ބާއްވާ ގޯލްޑް ކަޕުގެ ކޮލިފައިންގެ ފުރަތަމަ މުބާރާތް ލ. އަތޮޅުން ފަށަން އެ އަތޮޅު ކައުންސިލުން އިސްނަގައިފި އެވެ.
ފުޓްބޯޅައިގެ ފޯރި ގަލޮޅު ދަނޑުގައި މިދިޔަ އަހަރު ކައްކުވާލި ގޯލްޑް ކަޕްގެ މި އަހަރުގެ މުބާރާތް 28 ޓީމަށް ހާއްސަ ކުރުމަށް ނައިންޓީ ޕްލަސްއިން ވަނީ ނިންމައިފަ އެވެ.
އެ 28 ޖާގައިގެ ތެރެއިން 18 ޓީމެއް ކޮލިފައި ވާނީ ކޮންމެ އަތޮޅެއްގައި ބާއްވާ ކޮލިފައިން މުބާރާތުގެ ޗެމްޕިއަން ޓީމުގެ ގޮތުގަ އެވެ.