އުނދަގޫ ވަގުތު ސުޒޭން ކުރި ހިދުމަތަށް ޝުކުރު

މިހާރު

11 ޖޫން 2025 | ބުދަ | 11:26

ރާއްޖޭގެ ފުޓްބޯޅަ އޮތީ ފުން އަނދަވަޅަކަށް ވެއްޓިގަ އެވެ. ދިވެހި ފުޓްބޯޅައިގެ މައި އިދާރާގެ އެތެރޭގައި ކުރީގެ ލީޑާޝިޕުން ހިނގިކަމަށް ތުހުމަތު ކުރެވޭ ހިޔާނާތާއި މަނީލޯންޑަރިންގެ އަމަލުތަކާ އެކު އެ އެސޯސިއޭޝަން އޮތީ ބަނގުރޫޓްވުމާ ކައިރީގަ އެވެ. ދަރަނި އިންތިހާ އަށް އޮތީ މައްޗަށް ގޮސްފަ އެވެ. އެންމެ ފަހުގެ ހިސާބުތަކުން ދައްކާގޮތުގައި އެފްއޭއެމްގެ ދަރަނި 150 މިލިއަން ރުފިޔާ އަށް ވުރެ މައްޗެވެ.

ރަސްމީ ފުޓްބޯޅަ ސީޒަނުގެ ތެރެއިން އެއްވެސް މުބާރާތެއް ނެތެވެ. ރަސްމީ މުބާރާތެއް ބާއްވާނެ ހުއްދައެއް ވެސް ފީފާ އަކުން ނުދިނެވެ. ފުޓްބޯޅައިގެ ސީނިއާ ލެވަލްގައި ޑޮމެސްޓިސް އެއްވެސް ހަރަކާތެއް ނެތި މުޅި މިދިޔަ އަހަރު ނިމިގެން ދިޔައީ އެވެ.

ޑޮމެސްޓިކް މުބާރާތެއްގެ އެއްވެސް މެޗެއް ކުޅޭނެ ފުރުސަތެއް ވެސް ނުލިބި ގައުމީ ސްކޮޑް އެކުލަވާލަން ޖެހުމަކީ ކޯޗަކަށް ހުންނަ މީހަކަށް ކުރިމަތިވާނެ އެންމެ ބޮޑު ބޮލުގެ ރިހުމަށް ވާނެ އެވެ. އެ އުނދަގޫ ދަނޑިވަޅުތަކުގައި ވެސް ގައުމީ ޓީމު ލީޑު ކުރީ ސުޒޭނެވެ. އެފްއޭމާއި ރާއްޖޭގެ ފުޓްބޯޅައިގެ ހާލަތު ކިތަންމެ ދަން ހާލަތެއްގައި އޮތް ނަމަވެސް ބަހަނާއެއް ނުދައްކަ އެވެ. މެޗުން ބަލިވުމުން އެ ޒިންމާތައް ވެސް އޭނާ ބޮލުގައި އަޅަ އެވެ.

މައުޟޫޢުތަށް