2022 އާއި 2023 ގެ އޯލެވެލް ގަދަ 10 ގެ ޖަލްސާ މި މަހުގެ 21، 22 ގައި
މިހާރު
16 ޖޫން 2025 | ހޯމަ | 10:38
ދެހާސް ބާވީސް ވަނަ އަހަރާއި ދެހާސް ތޭވީސް ވަނަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ގަދަ 10 ގައި ހިމެނުނު ދަރިވަރުންނަށް އެވޯޑް ދިނުމުގެ ޖަލްސާ މި މަހު ބާއްވަން އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފި އެވެ.
އެކަމަކު، އެ ދެ އަހަރުގެ އޯލެވެލް އިމްތިހާނުގައި ދުނިޔޭގެ ފެންވަރުގައި އެންމެ ރަނގަޅު ނަތީޖާ ހޯދި ދަރިވަރުންނަށް ސަރުކާރުން ދޭ "މަތީ އަރުތަވެރީންގެ އިނާމު" މިދިޔަ އަހަރުގެ އޭ ލެވެލްގެ ގަދަ 10 ޖަލްސާގައި ދިނެވެ. ނަމަވެސް 2022 އަދި 2023 ގެ އޯ ލެވެލްގެ ގަދަ 10 ގެ ޖަލްސާ އަދި ނުބާއްވަ އެވެ.
އެކަމާ ގިނަ ބެލެނިވެރިން ޝަކުވާ ކުރަމުން ދާއިރު، އެޑިއުކޭޝަން މިނިސްޓްރީން މިހާރު ނިންމާފައި ވަނީ 2022 އަދި 2023 ވަނަ އަހަރުގެ އޯ ލެވެލް ބެޗުގެ ކުދިންގެ ތެރެއިން ގަދަ 10 އަށް ހޮވުނު ކުދިންގެ އިނާމު ދިނުމުގެ ޖަލްސާ އަންނަ ހޮނިހިރު ދުވަހާއި އާދިއްތަ ދުވަހު ބާއްވާށެވެ.