ތަކުރާރުކޮށް ޝާހް ވިދާޅުވަނީ އެފްއޭއެމުން ބާއްވަން އުޅޭ ކޮންގްރެސް އަސާސީ ގަވައިދާ ހިލާފުކަމަށް
މިހާރު
12 ޖޫން 2025 | ބުރާސްފަތި | 1:02
އެފްއޭއެމް އަސާސީ ގާވާއިދު އިސްލާހު ކުރުމަށް މި މަހު ފަހުކޮޅު ބާއްވަން މަސައްކަތް ކުރާ ކޮންގްރެސް ބާއްވަން އުޅެނީ ގަވާއިދާ ހިލާފަށް ކަމަށް އެ އެސޯސިއޭޝަނުގެ ކުރީގެ ޖެނަރަލް ސެކްރެޓަރީ ޝާހް އިސްމާއީލް ވިދާޅުވެއްޖެ އެވެ.
މިއީ އެ ވާހަކަ އޭނާ ދައްކަވާ ފުރަތަމަ ފަހަރެއް ނޫނެވެ.
އަސާސީ ގަވާއިދު އިސްލާހު ކުރުމަށް ބާއްވާ ކޮންގްރެސް މި މަހު 27 ގައި ބާއްވަން އެފްއޭއެމުން ވަނީ ނިންމައިފަ އެވެ. އަދި ކޮންގްރެސްގައި ބައިވެރިވުމުގެ ދައުވަތު ވެސް ކްލަބްތަކަށް އެފްއޭއެމްގެ ނޯމަލައިޒޭޝަން ކޮމިޓީން ވަނީ ފޮނުވައިފަ އެވެ.