އިގްތިސާދާއި ރިޒާވްގެ ކުރިއެރުމަށް ބަލައި ފިޗުން ރާއްޖޭގެ ރޭޓިން "ސީސީ" ގައި ދަމަހައްޓައިފި
މިހާރު
12 ޖޫން 2025 | ބުރާސްފަތި | 2:11
ދުނިޔޭގެ އެންމެ ބޮޑު އެއް ކްރެޑިޓް ރޭޓިން އެޖެންސީ، ފިޗް ރޭޓިންސް އިން ރާއްޖޭގެ ރޭޓިން "ސީސީ" ގައި ދަމަހައްޓައިފި އެވެ.
ރާއްޖޭގެ ފިސްކަލް ހާލަތަށް މާބޮޑު ބަދަލެއް ނައިސް ބޭރުން ފައިސާ ހޯދުމުގެ ގޮންޖެހުންތައް ދެމިއޮތް ނަމަވެސް ރޭޓިން ދަމަހައްޓާފައިވަނީ ބޭރު ފައިސާގެ ރިޒާވަށް އައި އަދި އަންނާނެ ކަމަށް ބެލެވޭ ކުރިއެރުމާއި އިގްތިސާދީ ކުރިއެރުން ރަނގަޅު މިންވަރެއްގައި ދެމިހުންނާނެ ކަމަށް އަންދާޒާކޮށްފަ އެވެ.
"އަޅުގަނޑުމެން ލަފާކުރަނީ މި ކުރިއެރުމަށް މައިގަނޑު ގޮތެއްގައި މަގުފަހިވެގެންދާނީ 2025 ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޕެސެންޖަ ޓާމިނަލް ހުޅުވުމާއި އާ ރިސޯޓުތައް އެޅުމުގެ މަސައްކަތާއި ޓޫރިޒަމްގެ އިންފްރާސްޓްރަކްޗާ އަށް ލިބެމުން އަންނަ ކުރިއެރުމުން،" ފިޗުން ބުންޏެވެ.