"ރިޕްކާލް"ގެ ރީޓެއިލް ފިހާރައެއް ހުޅުވައި 40 ޕަސެންޓުގެ ޑިސްކައުންޓު ދޭ ޕްރޮމޯޝަނެއް

މިހާރު

12 ޖޫން 2025 | ބުރާސްފަތި | 6:18

ރާއްޖޭގައި މަގުބޫލު ލައިފްސްޓައިލް ބްރޭންޑް ރިޕްކާލްގެ ރީޓެއިލް ފިހާރައެއް ހުޅުވައި ހާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ.

ހުޅުމާލެ ބީޗުފްރަންޓުގައި ސިމްޑީ ގްރޫޕުން ހުޅުވި މި ފިހާރައިން އަންނަ މަހުގެ 9ގެ ނިޔަލަށް 40 ޕަސެންޓާ ހަމަޔަށް ޑިސްކައުންޓު ލިބޭނެ އެވެ. މި ފިހާރައިގައި ސާފްވެއާ، ސުވިމްވެއާ، ބީޗްވެއާ އަދި އަންހެނުންނާއި ފިރިހެނުންނާއި ކުޑަކުދިންނަށް ހާއްސަ ކެޝުއަލް ލައިފްސްޓައިލް ކަލެކްޝަނުގެ އެކި ވައްތަރުތަކުގެ ހެދުންތައް ލިބެން ހުންނާނެ އެވެ.

"ރިޕްކާލް"ގެ ރިޕްރެޒެންޓޭޓިވް އެޑްވިން ސްޓީވަންސް ވިދާޅުވީ މި ފިހާރައިން ލޯކަލް ކޮމިއުނިޓީއަށް އެ ބްރޭންޑުގެ އުފެއްދުންތައް ފޯރުކޮށްދިނުމަކީ ލިބޭ އުފަލެއް ކަމަށެވެ. އަދި ރިޕްކާލް އަކީ ސުވިިމްވެއާ އާއި ސާފްވެއާ ވިއްކާ ބްރޭންޑަކަށްވާއިރު ރާއްޖޭގެ ވޯޓާސްޕޯޓްސް އެސޯސިއޭޝަނާ ގުޅިގެން އެކި ހަރަކާތްތަކުގައި މަސައްކަތްކުރުމުގެ ޝައުގުވެރިކަން ފާޅުކުރެއްވި އެވެ.

މައުޟޫޢުތަށް