އެއާ އިންޑިއާގެ ވެއްޓުނު ބޯޓުން "އާދަޔާ ހިލާފް" ކަންތައްތަކެއް
މިހާރު
12 ޖޫން 2025 | ބުރާސްފަތި | 6:51
މިއަދު ވެއްޓުނު އެއާ އިންޑިއާ ފްލައިޓްގައި، އެ ހާދިސާގެ ދެ ގަޑިއެއްހާއިރު ކުރިން ދަތުރުކުރި ކަމަށް ބުނާ މީހަކު އެ ބޯޓުން ފާހަގަކުރެވުނު އާދަޔާ ހިލާފް ކަންތައްތަކެއްގެ ވާހަކަ ސޯޝަލް މީޑިއާގައި އާންމުކޮށްފި އެވެ.
އާކާޝް ވަޓްޝާ ނަމަކަށް ކިޔާ މީހަކު އެ ބޯޓުގައި ނަގާފައިވާ ކަމަށް ބުނާ ފޮޓޯ އާއި ވީޑިއޯތަކާ އެކު ބުނެފައިވާ ގޮތުގައި އިންފްލައިޓް-އެންޓަޓައިންމަންޓު އެއްގޮތަކަށް ވެސް މަސައްކަތެއް ނުކުރެ އެވެ. ބޯޓުގެ އޭސީ ވެސް ނުޖެއްސި ތިބެންޖެހުނީ ގަދަ ހޫނުގައި ކަމަށް އޭނާ ބުނެފައިވެ އެވެ.
"އަހްމަދުއާބާދުން އެ ބޯޓު ފުރުމުގެ ދެ ގަޑިއިރު ކުރިން އަހަރެން އޭގައި އިނިން. ދިއްލީން އަހްމަދުއާބާދަށް އައި އިރު އާދަޔާ ހިލާފް ކަންތައްތަކެއް ފާހަގަވި،" އޭނާ ލިޔެފައިވެ އެވެ.