ވެއްޓުނު އެއާ އިންޑިއާގެ ބޯޓުން އެކަކު ސަލާމަތްވި: ޕޮލިސް
މިހާރު
12 ޖޫން 2025 | ބުރާސްފަތި | 8:11
މިއަދު ވެއްޓުނު އެއާ އިންޑިއާގެ މަތިންދާބޯޓުން ދަތުރުކުރި 242 މީހުންގެ ތެރެއިން އެކަކު ސަލާމަތްވެފައިވާ ކަމަށް އިންޑިއާ ފުލުހުން ބުނެފި އެވެ.
"ސީޓް 11އޭ އިން ފުލުހުންނަށް ވަނީ ފުރާނަ ހުރި މީހަކު ފެނިފައި،" އޭއެންއައި އިން ފުލުހުންގެ އިސް އޮފިސަރަކާ ހަވާލާދީ ބުނެފައިވެ އެވެ.
އޭނާ ވިދާޅުވީ އެ މީހާއަށް ހޮސްޕިޓަލްގައި ފަރުވާ ދެމުން އަންނަ ކަމަށާއި މަރުވި މީހުންގެ އަދަދާ މެދު އަދި އެއްޗެއް ބުނަން ނޭނގޭ ކަމަށެވެ.