ވެއްޓުނު އެއާ އިންޑިއާ ބޯޓުގެ ފަސްޓް އޮފިސަރަކީ ވިކްރާންތުގެ ކަޒިންއެއް
މިހާރު
13 ޖޫން 2025 | ހުކުރު | 11:08
އެއާ އިންޑިއާގެ މަތިންދާބޯޓެއް ވެއްޓި އިއްޔެ ހިނގި ހިތާމަވެރި ހާދިސާގައި ބޮލީވުޑްގެ އެކްޓަރު ވިކްރާންތު މަސީގެ ދެބެންގެދެދަރި މީހަކު މަރުވެއްޖެ އެވެ.
ވިކްރާންތު އިއްޔެ އިންސްޓަގްރާމްގައި ކުރި ޕޯސްޓެއްގައި ބުނީ އެ ހާދިސާގައި އޭނާގެ ބޮޑުބޭބެ ކްލިފޯޑް ކުންދަރުގެ ދަރިފުޅު ކްލައިވް ކުންދަރު މަރުވެފައިވާ ކަމަށެވެ. އޭނާއަކީ އެ ބޯޓުގެ ފަސްޓް އޮފިސަރު ކަމަށް ވެސް ވިކްރާންތު ބުންޏެވެ.
އެ ޕޯސްޓުގައި ވިކްރާންތު ވަނީ އެ ހާދިސާގައި މަރުވި މީހުންގެ އާއިލާތަކަށް ތައުޒިޔާ ފޮނުވައިފަ އެވެ.