އަސްކަރީ ހިދުމަތުން ވީއްލުނު ތަނާ ޖަންކޫކްގެ ގެޔަށް ވަގަށް ވަންނަން އުޅުނު އަންހެނަކު ހައްޔަރުކޮށްފި
މިހާރު
13 ޖޫން 2025 | ހުކުރު | 11:10
އަސްކަރީ ހިދުމަތަށް ފަހު ދެކުނު ކޮރެއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޖަންކޫކްގެ ގެޔަށް ދިޔަތަނާ އޭނާގެ ގެއަށް ވަގަށް ވަންނަން އުޅުނު އަންހެނަކު އިއްޔެ ހައްޔަރުކޮށްފި އެވެ.
ރިޕޯޓްތައް ބުނި ގޮތުގައި، ކޮރެއާގެ ވެރިރަށް ސޯލްގައި ހުންނަ ޖަންކޫކްގެ ގެއަށް ވަގަށް ވަންނަން އުޅުނު އަންހެނަކު ފުލުހުން ވަނީ ހައްޔަރުކޮށްފަ އެވެ. އެއީ 30 އަހަރުން މަތީގެ ޗައިނާ އަންހެނެއް ކަމަށް ވެސް ރިޕޯޓްތައް ބުންޏެވެ.
އެ އަންހެން މީހާ ވަނީ ޖަންކޫކްގެ ގޭގެ ދޮރުގެ ސްމާޓް ލޮކުގެ ޕިންކޯޑު ޖަހަން އެތައް ފަހަރަކު މަސައްކަތްކޮށްފަ އެވެ. އެ މައްސަލަ ފުލުހުންނަށް ރިޕޯޓްކުރީ ޖަންކޫކްގެ އަވަށްޓެރިއެއް ކަމަށް ވެސް ނޫސްތަކުން ރިޕޯޓްކޮށްފައިވެ އެވެ.