އެއާ އިންޑިއާގެ ބޯޓު ވެއްޓުނު ހާދިސާގައި މަރުވި އަދަދު 279 އަށް

މިހާރު

14 ޖޫން 2025 | ހޮނިހިރު | 9:00

މިދިޔަ ބުރާސްފަތި ދުވަހު އެއާ އިންޑިއާގެ މަތިންދާބޯޓެއް ވެއްޓުނު ހާދިސާގައި މަރުވި މީހުންގެ އަދަދު މިހާތަނަށް 279 އަށް އަރާފައިވާ ކަމަށް އޮފިޝަލުން ބުނެފަ އެވެ.

އިންޑިއާގެ އަހްމަދުއާބާދުން އިނގިރޭސި ވިލާތުގެ ލަންޑަނަށް ދާން 242 މީހުންނާ އެކު ދަތުރު ފެށުމާ އެކު ޑޮކްޓަރުންގެ ހޮސްޓެލްއެއްގެ މައްޗަށް ބޯޓު ވެއްޓުނު ހާދިސާގައި އެކަކު ފިޔަވައި އެ ބޯޓުގެ އެންމެން ވަނީ މަރުވެފަ އެވެ. އަދި އެ ހޮސްޓެލް އިން ވެސް ވަނީ މީހުން މަރުވެފަ އެވެ.

ފުލުހުން ބުނީ ބޯއިން 787-8 ޑްރީމްލައިނާ ވެއްޓުނު ތަނުން މިހާތަނަށް 279 މީހެއްގެ ހަށިގަނޑު ފެނިފައިވާ ކަމަށާއި ސިފަ ނޭނގޭ ވަރަށް ހަށިތައް އަނދާފައި ވާތީ މީހުން ދެނެގަތުމަށް އާއިލާތަކުގެ މީހުންނާ އެ ހަށިތަކުގެ ޑީއެންއޭ ދިމާކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.

މައުޟޫޢުތަށް