ސްކޭމްތަކާ ދެކޮޅަށް ހިންގި ބައިނަލްއަގުވާމީ އޮޕަރޭޝަނެއްގައި އެންމެ ގިނަ ފައިސާ އަނބުރާ ހޯދި ގައުމަކަށް ރާއްޖެ ވެއްޖެ
މިހާރު
15 ޖޫން 2025 | އާދިއްތަ | 11:54
ފްރޮންޓިއާ ޕްލަސް އޮޕަރޭޝަންގެ މުއްދަތުގައި ރާއްޖޭގައި 199 ސްކޭމްގެ މައްސަލަ ރިޕޯޓްކުރި. ޖުމްލަ 2.91 މިލިއަން ރުފިޔާގެ ގެއްލުން ލިބިފައިވާއިރު، އޭގެ ތެރެއިން 640,000ރ. ރުފިޔާ އަނބުރާ ހޯދި.
ސްކޭމްގެ މައްސަލަތަކާ ދެކޮޅަށް ހިންގި ބައިނަލްއަގުވާމީ އޮޕަރޭޝަނެއްގައި އެންމެ ގިނަ ފައިސާ އަނބުރާ ހޯދި ގައުމަކަށް ރާއްޖެ ވެއްޖެ އެވެ.
ފުލުހުން މިއަދު ބުނީ ބައިނަލްއަގުވާމީ ފެންވަރުގައި ހިންގި ފުރަތަމަ ފްރޮންޓިއާ ޕްލަސް އޮޕަރޭޝަންގައި ދިވެހި ފުލުހުން ބައިވެރިވެ، މުހިންމު ކާމިޔާބީތަކެއް ހޯދާފައިވާ ކަމަށެވެ. އެއީ ގިނަ ގައުމުތަކެއްގެ އެންޓި-ސްކޭމް ސެންޓަރުތައް ގުޅިގެން ހިންގި އޮޕަރޭޝަނެއް ކަމަށް ފުލުހުން ބުންޏެވެ.