ވައިބާރުވުމުން ކުޅުދުއްފުށީ އެއާޕޯޓަށް ނުޖެއްސިގެން މޯލްޑިވިއަންގެ ބޯޓެއް އެނބުރި މާލެއަށް
މިހާރު
15 ޖޫން 2025 | އާދިއްތަ | 12:57
މިއަދު ހެނދުނު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ހދ. ކުޅުދުއްފުއްޓަށް ދަތުރުކުރި މޯލްޑިވިއަންގެ ބޯޓެއް، ވައިބާރުވުމުގެ ސަބަބުން އެ ރަށަށް ނުޖެެއްސިގެން އެނބުރި އަތުވެއްޖެ އެވެ.
މޯލްޑިވިއަންގެ ފްލައިޓު Q2442 ވެލާނާ އެއާޕޯޓުން ކުޅުދުއްފުށީ އެއާޕޯޓަށް ދާން ފުރީ މިއަދު ހެނދުނު 8:34 ގަ އެވެ. އަދި ހެނދުނު 9:20 ގައި ކުޅުދުއްފުށީ އެއާޕޯޓަށް ޖައްސަން އޮތް އެ ބޯޓަށް އެ އެއާޕޯޓުގައި ނުޖެއްސިގެން ވަރަށް ގިނައިރު މަތީގައި އުދުހެން ޖެހުނެވެ.
އޭޓީއާރު 72-600 މަރުކާގެ އެ ބޯޓު އެނބުރި މާލެ އައީ ދެ ގަޑިއިރެއްހާއިރު ވައިގެމަތީގައި އޮތުމަށް ފަހު މިއަދު ހެނދުނު 11 ޖަހާކަށް ހާއިރު އެވެ. ވައިގެމަގުން މާލެއިން ކުޅުދުއްފުޓަށް އާންމުކޮށް ދެވެނީ 40-45 މިނެޓުންނެވެ.