ޓޮޓެންހަމުން މެތިއަސް ޓެލްގެ އެއްބަސްވުން ދާއިމީ ކޮށްފި
މިހާރު
15 ޖޫން 2025 | އާދިއްތަ | 9:12
ޓޮޓެންހަމް ހޮޓްސްޕާ އިން އެ ޓީމުގެ އާ ކޯޗެއް ހަމަޖެއްސުމާ އެކު، ލޯނު އުސޫލުން މިދިޔަ ސީޒަންގައި ކުޅުނު ފޯވާޑް މެތިއަސް ޓެލްގެ އެއްބަސްވުން ދާއިމީ ކޮށްފި އެވެ.
ފްރާންސްގެ 21 އަހަރުން ދަށުގެ ގައުމީ ޓީމުގައި ހިމެނޭ މި ކުޅުންތެރިޔާ ބެޔާން މިއުނިކުން ޓޮޓެންހަމަށް ބަދަލުވީ ޖޫން 30 ގެ ނިޔަލަށް 45 މިލިއަން ޕައުންޑަށް ކޮންޓްރެކްޓް ދާއިމީ ކުރުމުގެ ފުރުސަތާ އެކު އެވެ. ނަމަވެސް މި އަގު ދެ ފަރާތް އެއްބަސް ވެގެން 30 މިލިއަނަށް ކުޑަކޮށްފައިވާ ކަމަށް އިނގިރޭސި މީޑިއާތަކުން ރިޕޯޓް ކޮށްފައިވެ އެވެ.
ފްރާންސްގެ ރެންސް އަށް ކުޅުނު އެންމެ ޒުވާން ކުޅުންތެރިޔާގެ ގޮތުގައި މަގުބޫލުކަން ހޯދި ފޯވާޑް ބެޔާން މިއުނިކަށް ބަދަލުވީ 2022 ވަނަ އަހަރު އެވެ. ނަމަވެސް ޓޮޓެންހަމަށް ބަދަލުވީ މިދިޔަ ސީޒަންގައި ކުޅުމުގެ ފުރުސަތު މަދުވުމުންނެވެ.