"ކިޔުކީ"ގެ އާ ސީޒަން އަންނަ މަހު ތިނެއްގައި ދައްކަން ފަށަނީ
މިހާރު
16 ޖޫން 2025 | ހޯމަ | 11:04
ކުރީގެ މަޝްހޫރު ހިންދީ ޑްރާމާ ސިލްސިލާ "ކިޔުކީ ސާސް ބީ ކަބީ ބަހޫ ތީ"ގެ ދެވަނަ ސީޒަން އަންނަ މަހު ތިނެއްގައި ސްޓާ ޕްލަސް އިން ދައްކަން ފަށަން ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ރިޕޯޓްތައް ބުނި ގޮތުގައި، މި ޑްރާމާގެ ލީޑު ކެރެކްޓާ ތުލްސީގެ ރޯލުން އާ ސީޒަންގައި ފެންނާނީ ފުރަތަމަ ސީޒަންގައި ވެސް އެ ރޯލު ކުޅުނު ސުމިރުތީ އިރާނީ އެވެ. އަދި އޭނާއާއެކު ލީޑު ފިރިހެން ކެރެކްޓާ މިހީރުގެ ރޯލުން ފެންނަނީ ފުރަތަމަ ސީޒަންގައި ވެސް އެ ރޯލު ކުޅުނު އަމަރް އުޕަދަޔާޔީ އެވެ.
ސުމިރުތީ އާއި އަމަރް ފިޔަވާ އާ ސީޒަންގައި ކާސްޓުގައި ދެން ހިމެނެނީ މުޅިން އާ ބަޔަކު ކަމަށް ވެސް ރިޕޯޓްތައް ބުންޏެވެ.