އެއާ އިންޑިއާގެ ބޯޓަކަށް މައްސަލައެއް ކުރިމަތިވެ ހޮންކޮންގްގެ އެއާޕޯޓަށް ޖައްސައިފި

މިހާރު

16 ޖޫން 2025 | ހޯމަ | 2:40

އެއާ އިންޑިއާގެ ބޯޓެއް ދަތުރު ފެށި ފަހުން ޓެކްނިކަލް މައްސަލައެއް ކުރިމަތިވެ، ހޮންކޮންގްގެ އެއާޕޯޓަށް ޖައްސައިފި އެވެ.

އެ ބޯޓަށް ޓެކްނިކަލް މައްސަލައެއް ކުރިމަތިވިއިރު، މިދިޔަ ބުރާސްފަތި ދުވަހު އެއާ އިންޑިއާގެ ބޯއިންގެ ޑްރީމްލައިނާ ބޯޓެއް ލަންޑަނަށް ދާން، އަހުމަދުއާބާދު އެއާޕޯޓުން ނައްޓާލި ފަހުން ބޯޓް ވެއްޓި 242 މީހުން ވަނީ މަރުވެފަ އެވެ.

ހޮންކޮންގް އިން ފުރައިގެން އިންޑިއާގެ ނިއުދިއްލީ އަށް ދާން ދަތުރު ފެށި ފަހުން މިއަދު ޓެކްނިކަލް މައްސަލަ ކުރިމަތިވީ ވެސް ބޯއިން ކުންފުނީގެ ޑްރީމްލައިނާ ފްލައިޓަކަށެވެ. ޓެކްނިކަލް މައްސަލައެއް ކުރިމަތިވިކަން ޕައިލެޓަށް ފާހަގަ ކުރެވުމުން އެނބުރި ގޮސް ބޯޓް ޖެއްސީ ކަމަށް މީޑިއާތަކުން ބުންޏެވެ.

މައުޟޫޢުތަށް