ނަޝީދު، އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒާ ބައްދަލުކުރައްވައިފި

މިހާރު

16 ޖޫން 2025 | ހޯމަ | 5:10

ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް މިއަދު ބައްދަލުކުރައްވައި، ރާއްޖޭގެ ސިޔާސީ މަޝްރަހާ ގުޅޭ ގޮތުން މަޝްވަރާކުރައްވައިފި އެވެ.

ނަޝީދު މާލެ ވަޑައިގެން، ފައްޔާޒުއާ ބައްދަލުކުރެއްވިއިރު އަންނަ ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން ޝައުގުވެރިކަން ފާޅުކުރައްވައި، އެކަމާ ގުޅޭ ގޮތުން އެމްޑީޕީގެ ބައެއް ބޭފުޅުންގެ ހިޔާލު ވަނީ ހޯއްދަވައިފަ އެވެ.

ނަޝީދާ އެކު ބޭއްވެވި ބައްދަލުވުމަށް ފަހު ފައްޔާޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ސިޔާސީ މަޝްރަހަށް އަންނަ ބަދަލުތަކާއި ކުރިއަށް ކުރަން ހުރި މަސައްކަތާ ގުޅޭގޮތުން ވަރަށް ފުޅާ ދާއިރާއެއްގައި ހިޔާލު ބަަދަލުކޮށްފައިވާ ކަމަށެވެ.

މައުޟޫޢުތަށް